Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކިހާދޫގެ މެޖޯރިޓީ މިނިވަން ޚިޔާލަށް!

ކިހާދޫގެ މެޖޯރިޓީ މިނިވަން ޚިޔާލަށް!

މިއަދު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގައި ބ.ކިހާދޫ ކައުންސިލްގެ އާންމު މެމްބަރުކަމުގެ ގޮނޑި މުޙައްމަދު ޤާސިމް ކާމިޔާބުކޮށް އެރަށު ކައުންސިލްގެ މެޖޯރިޓީ މިނިވަން ކެނޑިޑޭޓުން ހޯދައިފިއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު އޮތް އިންތިޚާބުގައި އެރަށު ކައުންސިލްގެ ދެ ގޮނޑިއެއް މިނިވަން ކެނޑިޑޭޓުން ވަނީ ހޯދައިފައެވެ. އެއީ އަންހެނުންގެ ޚާއްޞަ ދެގޮނޑިއަށް ހޮވުނު ފާތިމަތު ރިޒްލާއާއި އައިޝަތު ފަރީޝާއެވެ. އޭގެ އިތުރުން ރަށުގެ ރައީސްކަމުގެ ގޮނޑިއާއި އާންމު މެމްބަރުކަމުގެ އެއް ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

ކިހާދޫގައި އަލުން ވޯޓްލާން ޖެހުނީ ކައުންސިލްގެ އާންމު މެމްބަރުކަމުގެ ދެވަނަ ގޮނޑިއަށް ، ދެ ކެނޑިޑޭޓަކަށް ލިބުނު ވޯޓް ހަމަހަމަވުމުގެ ސަބަބުންނެވެ. މިހާރު ކައުންސިލަރު ކަމުގައި ހުރި މުހައްމަދު ޝަރީފްއާއި މުޙައްމަދު ޤާސިމް އެއްވަރުވީ 102 ވޯޓުންނެވެ. ނަމަވެސް މިއަދު ނެގުނު ވޯޓްގައި މުޙައްމަދު ޤާސިމް ވަނީ 10 ވޯޓްގެ ތަފާތެއް ހޯދައި ގޮނޑި ކަށަވަރު ކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

މިއަދު އޮތް ، އިންތިޚާބުގެ ދެވަނަ ބުރުގައި ހަ ރަށެއްގެ ކައުންސިލްގެ އެކި ގޮނޑިތަކަށް ވޯޓްލައިފައި ވެއެވެ. އެއީ ހއ.ތަކަންދުއާއި ބ.ކިހާދޫ އަދި މ.ރަތްމަންދޫގެ އިތުރުން ފ.ދަރަނބޫދޫއާއި ލ.މާވަށާއި ތ.ގާދިއްފުއްޓެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް