Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަސައްކަތްތެރިންނަށް ސަރުކާރުން ވީ ވައުދުތައް ފުއްދަން ގޮވައިލައިފި

މަސައްކަތްތެރިންނަށް ސަރުކާރުން ވީ ވައުދުތައް ފުއްދަން ގޮވައިލައިފި

ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް، ސަރުކާރުން ވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ފުއްދަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ގޮވާލައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސަރުކާރު ވެރިކަަމަށް އައީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރަން ގިނަ ވައުދުތަކެއް ވެގެން ކަމަށާއި ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އެގޮތުން ވެފައިވާ އެންމެ ބޮޑު ވައުދު ކަމަށެވެ.

އެކަމަކު މި ސަރުކާރަށް ދެ އަހަރާއި ބައި ވާއިރު އެންމެ ކުޑަ އުޖޫރަ ކަނޑަނޭޅި އޮތުމަކީ އެކަމުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަން ދައްކައިދޭ ކަމެއް ކަމަށް ވެސް އިިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

"މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރެވޭ އިރު ސަރުކާރުގެ އެކިއެކި ލެވެލްތަކުން ނެރުއްވާ ބަޔާންތަކާއި ދައްކަވާ ވާހަކަތަކަށް އަމަލީ ސިފައެއް ނުގެނެވޭތީ މި ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމެވެ. ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަަވަރުކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ފުއްދައިދިނުމަށް މި ކޯލިޝަނުން ގޮވައިލަމެވެ،" އިދިކޮޅުގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި އެކަމާ ގުޅުންހުރި ގާނޫނުތައް އަވަހަށް ފާސްކުރުމަށް ވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ގޮވާލައިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް