Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފުލުހަކު ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅައި، "އައުގުރާނަ" ގޮވި ކަމުގެ ތުހުމަތު

ފުލުހަކު ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅައި، "އައުގުރާނަ" ގޮވި ކަމުގެ ތުހުމަތު

މަސައްކަތުގެ މާހައުލުގައި ހިނގާ ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކާއި އެ ހަރަކާތްތައް ކަވަރު ކުރި ބައެއް ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ ބޭއްވި އެ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅައި ބޭ އަދަބީކޮށް މުޚާތަބް ކޮށްފައިވާ ފުލުހުންގެ ތެރޭގައި "ބުންޔާމިން" ނަމަކަށް ކިޔާ ފުލުހަކު ވެސް ހިމެނެއެވެ.

އަވަސް އޮންލައިންގެ ފޮޓޯގްރާފަރު އަޝްހާދު (ޖެރީ) ކުރި ޓުވީޓެއްގައި ބުނީ، ބުންޔާމީން ވަނީ ރޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖު ހުއްޓުވުމުގެ ތެރެއިން އޭނާގެ ވަޒީފާ އަދާކުރަނިކޮށް ހުރަސް އަޅައިފައި ކަމަށެވެ. އަދި ޖެރީއާ ދިމާލަށް ބޭއަދަބީކޮށް ވާހަކަ ދައްކާފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން މުޒާހަރާގެ ބައިވެރިންނަށާއި ނޫސްވެރިންނަށް އަނިޔާކޮށް، ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަމަށް ވެސް ޖެރީ ބުނެފައި ވެއެވެ.

<img class="alignnone wp-image-84609 size-large" src="https://cdn.dhen.mv/wp-content/uploads/2021/05/IMG-81560501075cb77a4b0035d009d14fd8-V-1024x768.jpg" alt="" width="1024" height="768" />

ރޭގައި ކުރިއަށް ދިޔައީ ސުލްހަވެރި އިހުތިޖާޖެއް ނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ އަންހެން ބައިވެރިން ބިންމައްޗަށް ވައްޓާލައި ވަރަށް އަނިޔާވެރިކޮށް އަމަލުކޮށްފައެވެ. އަދި އެ މަންޒަރު ނަގަން މަސައްކަތް ކުރި ނޫސްވެރިންނަށް ވެސް ފުލުހުން ހުރަސް އެޅިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ޚާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނާ "ޔޫސް އޮފް ފޯސް ރިވިއު" ކޮމިޓީން ވަނީ ބަލަން ފަށާފައި ވާކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް