Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެސްޓްރާޒެނެކާ ވެކްސިން ޖޫން މަހުގައި ލިބޭނެ

އެސްޓްރާޒެނެކާ ވެކްސިން ޖޫން މަހުގައި ލިބޭނެ

ރާއްޖެއިން އޯޑަރުކޮށްފައިވާ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިން ޖޫން މަހު ރާއްޖެއަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ނަސީމް ވިދާޅުވީ، ސިންގަޕޫރު ވެކްސިން ގެނައުމަށް ތައްޔާރުވަމުން ދާ ކަމަށާއި، މި ވެކްސިން ލިބުމާއެކު އަނެއްކާވެސް ހިތްހަމަ ޖެހިގެން ވެކްސިން ޖެހުމުގެ ކަންކަން ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެހެން ނަމަވެސް އެ ވެކްސިން ރާއްޖެ އަންނާނެ ސީދާ ތާރީޚަކާއި ގެންނަން ހަމަޖެހިފައިވާ ވެކްސިންގެ އަދަދެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

Advertisement
Ooredoo — Truecaller (box)

ސިންގަޕޫރުގެ އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިންގެ ހަތް ލައްކަ ޑޯޒް ގަނެ ރާއްޖެ ގެނައުމަށް މިދިޔަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެ ކުންފުންޏާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާއިރު، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން މިދިޔަ އަހަރުގެ ފަހު ދުވަހު ވަނީ ދީފައެވެ.

ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އިންޑިއާގެ ކޮވިޝީލްޑްގެ އިތުރު ޑޯޒްތަކެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ރަޝިޔާއިން އުފައްދާފައިވާ ވެކްސިނަކާއި، ފައިޒާގެ އިތުރު ޑޯޒްތަކެއް ގަންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖެއަށް ދެން ގެންނަ ފައިޒާ ވެކްސިން ދޭނީ އުމުރުން 16 އަހަރާއި 18 އަހަރުގެ ކުދިންނަށް ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް