Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސަރުކާރު އޮފީސްތައް ނުހުޅުވައި ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ބަދަލު ކުރަނީ

ސަރުކާރު އޮފީސްތައް ނުހުޅުވައި ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ބަދަލު ކުރަނީ

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރާ ގޮތަށް ބަދަލު ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިކަން މިގޮތަށް ނިންމައިފައި ވަނީ މިއަދު ކޮވިޑް-19 އާ ގުޅޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމެއްގައެވެ.

އެގޮތުން ސަރުކާރު އޮފީސްތައް ނުހުޅުވައި، މި މުއްދަތު ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ގޭގައި ތިބެގެން ކުރުމަށާއި، ސަރުކާރު އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Advertisement
Allied — Dhen Online (box)

މިއަދު އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ސުކޫލުތައް ބަންދު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެދުވެރިކޮށް ވަރަށް އަވަހަށް އެކަމާ ގުޅޭ މައުލޫމާތު ހާމަ ކުރާނެ ކަމަށެވެ.

މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް ރާއްޖެއިން 400 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އަތޮޅު ތެރޭގައި މި ބަލި ހަލުވި ކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް ވަނީ މަނާ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް