Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން މަނާ ކުރަނީ

ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން މަނާ ކުރަނީ

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން، މާލޭ ސަރަހައްދުގައި ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން މަނާ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިކަން މިގޮތަށް ނިންމައިފައި ވަނީ މިއަދު ކޮވިޑް-19 އާ ގުޅޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމެއްގައެވެ.

އެގޮތުން ކުޅިވަރު ކުޅުމާއި ކުޅިވަރުގެ އެކިއެކި މުބާރާތްތައް ބޭއްވުން ވަނީ މަނާ ކޮށްފައެވެ. އެހެން ނަމަވެސް އެފަދަ ހަރަކާތެއް ބާއްވަން ބޭނުން ނަމަ ޚާއްސަ ހުއްދައެއްގެ ދަށުން އެފަދަ ހަރަކާތެއް ކުރިއަން ގެންދެވޭނެ ގޮތަށް ވަނީ ނިންމައިފައެވެ.

Advertisement
Allied — Dhen Online (box)

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެ ގޮތުން މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 12 އިން ފެށިގެން ފަތިހު 4 އާ ހަމައަށް އެއްވެސް އެއްގަމު އުޅަނދެއް ނުދުއްވޭ ގޮތަށް އެޗްޕީއޭއިން ވަނީ ހަމަ ޖައްސައިފައެވެ. އަދި ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރުމަށާއި، ޕާކު ފަދަ ތަންތަން ބަންދު ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ.

މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް ރާއްޖެއިން 400 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އަތޮޅު ތެރޭގައި މި ބަލި ހަލުވި ކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް ވަނީ މަނާ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް