Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މި މަހުގެ 15އާ ހަމައަށް ބޭންކުތައް ދެން ހުޅުވާނީ ހަފްތާއަކު ދެ ދުވަހު

މި މަހުގެ 15އާ ހަމައަށް ބޭންކުތައް ދެން ހުޅުވާނީ ހަފްތާއަކު ދެ ދުވަހު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި މަހުގެ 15 އާ ހަމައަށް ޒަރޫރީ ބޭނުންތަކަށް ބޭންކްތައް ހުޅުވާނީ ހަފްތާއަކު ދެ ދުވަހު ކަމުގައި މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނެފިއެވެ.

މި ބަދަލަކީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭވެ ހާލަތު ގޯސްވަމުން ދާތީ ގެނެވިފައިވާ ބަދަލެކެވެ. އެގޮތުން އެމްއެމްއޭ އާއި ބޭންކުތައް ހުޅުވައިލައިގެން ޚިދުމަތް ދޭ ގޮތަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ އަދި ބުދަ ދުވަހެއްގެ، ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.

މީގެ އިތުރުން އެމްއެމްއޭގެ ޚިދުމަތް ދިނުމާއި ތަކެތި ބަލައިގަތުން ވެސް ވަނީ ބޭންކުތަކުން ޚިދުމަތް ދޭ ވަގުތުތަކަށް ބަދަލު ކުރެވިފައެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައި ވާތީ އެޗްޕީއޭއިން އަޅައިފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމާގުޅިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ އޮފީސްތަކުން ހިދުމަތް ދިނުމަށް ވެސް މިހާރު ހަމަޖައްސާފައި ވަނީ އޮންލައިން ކޮށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް