Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހެލްތު މިނިސްޓްރީގެ އިސް ދެ ބޭފުޅެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

ހެލްތު މިނިސްޓްރީގެ އިސް ދެ ބޭފުޅެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

ހެލްތު މިނިސްޓްރީގެ އިސް ދެ ބޭފުޅެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފައްސިވެފައި ވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލާއި، ޕާމެނެންޓް ސެކެރެޓަރީ އައިޝަތު ސާމިޔާއެވެ.

އިތުބާރު ހުރި މަސްދަރަކުމް “ދެން” އަށް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ އިސް ދެ ބޭފުޅަކު ކޮވިޑަށް ފައްސިވެފައި ވީ ނަމަވެސް އެ ދެ ބޭފުޅުންނާ ކޮންޓެކްޓްވި އެއްވެސް ފަރާތެއް ކަރަންޓީނު ކޮށްފައެއް ނުވެއެވެ.

Advertisement
HDC — Sidebar (box)

ސާމިޔާ އާއި އާދިލްއަކީ ހެލްތު މިނިސްޓްރީގެ ކަންކަމާއި އެޗްއީއޯސީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ، އެތަންތަނުގައި މަސައްކަތް ކުރާ މީހުންނާ ބައްދަލުވާ ދެ ބޭފުޅުން ކަމަށް ވެފައި، މި ދެ ބޭފުޅުންނާ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި، މިނިސްޓްރީގެ އެހެނިހެން އިސް ބޭފުޅުންނާ ވެސް ކޮންޓެކްޓްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ދެބޭފުޅުންނާ ކޮންޓެކްޓުވި އެންމެހާ މުވައްޒަފުން ވެސް މާދަމާ ވެސް އޮފީހަށް ނިކުތުމަށް ވަނީ އަންގައިފައެވެ. އެމީހުންނަނީ ޑައިރެކްޓު ކޮންޓެކްޓުންނަށް ވުމުން ކަރަންޓީން ވާން ޖެހޭނެއެވެ. އަދި ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސް ވުމުގެ ސަބަބުން ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންނާއި، ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އެޗްޕީއޭ އިން އަންގައިފައިވީ ނަމަވެސް ހެލްތު މިނިސްޓްރީން އެފަދަ އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް