Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތިނަދޫން ނެގި ރެންޑަމް ސާމްޕަލެއް ފައްސިވެއްޖެ

ތިނަދޫން ނެގި ރެންޑަމް ސާމްޕަލެއް ފައްސިވެއްޖެ
ގދ. ތިނަދޫން އެއްވެސް ތަރުތީބެއް ނެތި ނަގައިފައިވާ ރެންޑަމް ސާމްޕަލްއެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕީއާރް އޮފިސަރ ސާލިމް އަލީ “ދެން”އަށް މައުލޫމާތު ދެއްވި ގޮތުގައި، ފައްސިވެފައި ވަނީ ދިވެހި ފިރިހެނެކެވެ.

މީގެ އިތުރުން އިއްޔެގެ އިރު އޮއްސުމާ ހަމައަށް އެރަށުން ގާތްގަނޑަކަށް 600 ރެންޑަމް ސާމްޕަލް ނެގިފައިވާ ކަމަށާއި، މިއަދު އޭގެން ގާތްގަނޑަކަށް 70 ސާމްޕަލްގެ ނަތީޖާ ލިބުނު އިރު އޭގެން އެއް ސާމްޕަލް ކޮވިޑަށް ފައްސިވެފައިވާ ކަމުގައި ސާލިމް ވިދާޅުވިއެވެ.

ފައްސިވި ސާމްޕަލްއަކީ މި މަހުގެ އެކެއްގައި ނަގައިފައިވާ ސާމްޕަލްއެއްކަން ފާހަގަކޮށް ސާލިމް ވިދާޅުވީ، އަދިވެސް ނަތީޖާ ނުލިބޭ އެތައް ސާމްޕަލްތަކެއް އެބަހުރި ކަމަށެވެ.

Advertisement
Allied — Dhen Online (box)

ފައްސިވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކުގެ ސާމްޕަލް މިހާރު ނެގުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށްވެސް ސާލިމް ފާހަގަ ކުރެއްވިއެވެ. އަދި ޖުމްލަ ނަތީޖާ ނުލިބޭ އަދަދު ޔަގީންކަމާއެކު ވިދާޅުވާން މިވަގުތު ނޭނގޭ ކަމަށް ވެސް ސާލިމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް