Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް ކޮންޓްރޯލް ކުރަން އޮތް ފިޔަވަޅަކީ މިސްކިތްތަކުގެ ސަފުކަމަށް ނުހައްދަވާ: ޑރ.އިޔާޒު

ކޮވިޑް ކޮންޓްރޯލް ކުރަން އޮތް ފިޔަވަޅަކީ މިސްކިތްތަކުގެ ސަފުކަމަށް ނުހައްދަވާ: ޑރ.އިޔާޒު

ބިރަކާ ނުލައި މަޖާކޮށް، ނުރައްކާތެރި ކޮވިޑްގެ ބަލި ކޮންޓްރޯލް ކުރަން އޮތް ފިޔަވަޅަކީ، މިސްކިތްތަކުގެ ސަފުހެދުން ކަމުގައި ނުހެއްދުމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށާއި، ކަމާއި ގުޅުން ހުރި އިދާރާތަކަށް ގޮވައިލައްވައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން މަދު ކުރުމަށް މާދަމައިން ފެށިގެން އަމަލު ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި މިސްކިތްތަކުގައި ނަމާދު ކުރާއިރު ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކު އެޅުމާއި، ގައިދުރުކަން ބަހައްޓައި، އަމިއްލަ މުސައްލަ ގެންދިއުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއަށް ރައްދު ދެއްވަމުން ޑރ އިޔާޒް ވިދާޅުވީ، ކަމެއް ޙައްލުކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް އެކަމާ ގުޅޭ ދިރާސާއެއް ހަދަން ޖެހޭ ކަމަށެވެ. އެގޮތުން ކޮވިޑް-19 މައިތިރި ނުކުރެވިގެން އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، އެކި ކަހަލަ ފިޔަވަޅުތައް އެޅި ނަމަވެސް ޙައްލެއް ނުލިބުނު ކަމަށާއި, މިކަމުގައި މައްސަލަ އުޅެނީ ކޮން ދިމާލަކުންތޯ ބަލަން ޖެހޭ ކަމަށް ވެސް ޑރ.އިޔާޒު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އިޔާޒް އިތުރަށް ވިދާޅުވީ، ބިރަކާ ނުލައި މަޖާކުރަން ރަށް ރަށަށް ގޮސް، މުޑުދާރު އެކި ވައްތަރުތައް ޖައްސައި ބަލިބޮޑުވުމުން އަޅާ ބޭސް ގަނޑަކަށް މިސްކިތްތަކުގެ ސަފުތައް ހެދުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި އިޚްލާޞްތެރި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ވަކި ގަޑިއެއްގައި ވެހިކަލް ދުއްވުން މަނާ ކުރި ނަމަވެސް އަދި, މިސްކިތުގެ ޞަފުތައް ހަލާކު ކުރިޔަސް ވެސް ކޮވިޑް ކޮންޓްރޯލެއް ނުކުރެވޭނެކަން މިހާރު ސާފު ވެފައިވާ ކަމަށް ވެސް އިޔާޒު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 31,330 މީހުން ފައްސި ވެފައިވެއެވެ. އެގޮތުން އިއްޔެ އެކަނި ވެސް ރާއްޖެއިން 585 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް