Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތިނަދޫން އިތުރު ބަޔަކު ފައްސިވެ ޖުމްލަ އަދަދު 35 އަށް

ތިނަދޫން އިތުރު ބަޔަކު ފައްސިވެ ޖުމްލަ އަދަދު 35 އަށް

ގދ. ތިނަދޫން އިތުރު ބަޔަކު ކޮވިޑަށް ފައްސިވެ، ފައްސިވީ އަދަދު 35 އަށް އަރައިފިއެވެ.

މިއަދު އެ ރަށުން އަލަށް 5 މީހަކަށް ބަލި ޖެހިފައިވެއެވެ. ވަކި ތަރުތީބެއް ނެތި ނެގުނު ސާމްޕަލެއް ވެސް ވަނީ ފައްސިވެފައެވެ. މިއަދު ތިނަދޫން ފައްސިވި މީހުންގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ މީހުންވެސް ހިމެނެއެވެ. އެ ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ދެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕީއާރް އޮފިސަރ ސާލިމް އަލީ “ދެން”އަށް މައުލޫމާތު ދެއްވި ގޮތުގައި، އިއްޔެގެ އިރު އޮއްސުމާ ހަމައަށް އެރަށުން ގާތްގަނޑަކަށް 600 ރެންޑަމް ސާމްޕަލް ނެގިފައިވާ ކަމަށާއި، މިއަދު އޭގެން ގާތްގަނޑަކަށް 70 ސާމްޕަލްގެ ނަތީޖާ ލިބުނު އިރު އޭގެން އެއް ސާމްޕަލް ކޮވިޑަށް ފައްސިވެފައިވާ ކަމުގައި ސާލިމް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މިމަހު 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައެވެ.

ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރި ކަމުގެފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641 އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް