Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވެހިކަލް ދުއްވުން މަނާ އަމުރު ތަންފީޒު ކުރަން ފަށައިފި

ވެހިކަލް ދުއްވުން މަނާ އަމުރު ތަންފީޒު ކުރަން ފަށައިފި

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު މި ވަގުތު ގޯސްވުމާ ގުޅިގެން، މެންދަމު 12:00 އިން ފަތިހު 4:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށް އެންގި އެންގުން ފުލުހުން ތަންފީޒު ކުރަން ފަށައިފިއެވެ.

ފުލުުހުން ވިދާޅުވީ މިރެއިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރޭގަނޑު 12:00 އިން ފެށިގެން 04:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުން ތަންފީޒް ކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

މި މަސައްކަތް ކުރެވެމުން ދާއިރު، އެންމެ ފަހުން ހިންގި ކަފިއުގައި ބޭނުން ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދޫކޮށްފައިވާ ދާއިމީ ފާސްތައް ވަކި ގޮތެއް އަންގަންދެން ބޭނުން ކުރަމުން ގެންދެވޭނެ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

Advertisement
HDC — Sidebar (box)

ވެހިކަލް މަނާ ގަޑިތަކުގައި ހުއްދަ އަށް އެދިލެވުމަށް: police.gov.mv/permit ބޭނުން ކުރެއްވޭނެ ކަމަށާއި ޕޮލިސް ޕަރމިޓް ސެންޓަރަށް ގުޅުއްވޭނެ ނަންބަރަކީ 1665 ކަމުގައި ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ކޮވިޑް 19 އިން ރައްކާތެރިވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް ބޯލަނބައި ފަރުދީ ހައިސިއްޔަތުން ކުރެއްވެން ހުރި އެންމެހައި ކަންކަން ކުރައްވަމުން ގެންދެވުމަށް ފުލުހުން ވަނީ ހަނދުމަ ކޮށްދެއްވާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް