Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޖީ7 ބައްދަލުވުމަށް ދިޔަ އިންޑިއާ ޑެލިގޭޝަންގެ ދެ މެމްބަރަކު ކޮވިޑް-19އަށް ފައްސިވެއްޖެ

ޖީ7 ބައްދަލުވުމަށް ދިޔަ އިންޑިއާ ޑެލިގޭޝަންގެ ދެ މެމްބަރަކު ކޮވިޑް-19އަށް ފައްސިވެއްޖެ

އިނގިރޭސިވިލާތުގައި އޮތް ޖީ7 ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަކަށް ދިޔަ އިންޑިއާގެ ޑެލިގޭޝަންގެ ދެ މެމްބަރަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

އެ ޑެލިގޭޝަންގައި އިސްކޮށް ހުންނެވި އިންޑިއާގެ ފޮރިން މިނިސްޓަރ ސުބްރަމާނިޔަމް ޖަޔަޝަންކަރު މިއަދު ވިދާޅުވީ ކޮވިޑަށް ފައްސިވެފައިވާ ދެ މީހަކާ އޭނާއާ ބައްދަލުވިކަން އިއްޔެ އޭނާއަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން ސުބްރަމާނިޔަމް ވަނީ އެ ބައްދަލުވުންތަކުގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގަންނަވަން ނިންމަވައިފައެވެ.

Advertisement
Allied Insurance — Square (box)

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި އެހެން މީހުންގެ ސަލާމަތަށް ޓަކައި އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވާން ނިންމައިފިން" ސުބްރަމާނިޔަމް ވިދާޅުވިއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ސުބްރަމާނިޔަމް އިއްޔެ ވަނީ އިނގިރޭސި ހޯމް ސެކްރެޓަރީ ޕްރިތީ ޕަޓޭލްއާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ގައިދުރުކަން ދަމަހައްޓާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައި ވާތީ އެ ބައްދަލުވުމުގައި ދެން ތިބި މީހުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް އިނގިރޭސި ޕަބްލިކް ހެލްތުން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް