Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖެއަށް 200 އަށްވުރެ ގިނަ ޑޮކްޓަރުން ހޯދަން އިންޑިއާގެ އެޖެންސީއަކާ ހަވާލު ކޮށްފި

ރާއްޖެއަށް 200 އަށްވުރެ ގިނަ ޑޮކްޓަރުން ހޯދަން އިންޑިއާގެ އެޖެންސީއަކާ ހަވާލު ކޮށްފި

ރާއްޖެއަށް 200 އަށްވުރެ ގިނަ ޑޮކްޓަރުން ހޯދަން އިންޑިޔާގެ ރެކްރޫޓިން އެޖަންސީއެއް ކަމަށްވާ "ނޮރްކާ ރޫޓްސް" އާ ހެލްތު މިނިސްޓްރީން ހަވާލު ކޮށްފިއެވެ.

އެ އެޖެންސީން ކުރި އިއުލާނެއްގައި ބުނީ ރާއްޖެއަށް ވަރަށް އަވަހަށް ޑޮކްޓަރުންނާއި ނަރުހުންނާއި އަދި ރޭޑިއޮގްރަފަރުންނާއި ފިޒިއޮތެރަޕިސްޓުން ބޭނުންވާ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ ރާއްޖޭގެ އެކި ދާއިރާތަކުގެ 110 ސްޕެޝަލިސްޓުންނާއި 100 މެޑިކަލް އޮފިސަރުން ބޭނުންވާ ކަމަށެވެ. އޭގެ އިތުރުން 150 ނަރުހުންނާއި 20 ޑެންޓިސްޓުންނާއި، 10 ރޭޑިއޮގްރަފަރާއި އަދި 10 ފިޒިއޮތެރަޕިސްޓުން ހޯދަން ވެސް ވަނީ އިއުލާން ކޮށްފައެވެ.

Advertisement
Ooredoo — Square (box)

ރާއްޖޭގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ މުސާރައެއް ގޮތުގައި ކަނޑައަޅާފައި ވަނީ އެލަވަންސްތަކާ ނުލައި މަހަކު 45،319 ރުފިޔާއެވެ. އަދި މެޑިކަލް އޮފިސަރުންނާއި، ނަރުހުންނަށް 14،417 ރުފިޔާ އަދި ޑެންޓިސްޓުންނަށް 23،345 ރުފިޔާ ގެ މުސާރައެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ޝަރުތުތަކުގެ ތެރޭގައި ދެ އަހަރުގެ ތަޖުރިބާ އޮތުމާއި އުމުރުން 50 އަހަރުން ދަށް ވުން ވެސް ހިމެނެއެވެ.

މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި ހިނގާ މެއި މަހުގެ 15 ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށާއި ވަރަށް އިންޓަވިއުތައް ފަށާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް