Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވީ ދެ މަހަށް ބަންދުކޮށްފައި ހުރި މީހެއް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވީ ދެ މަހަށް ބަންދުކޮށްފައި ހުރި މީހެއް

މި މަހުގެ 2 ވަނަ ދުވަހު، ފުލުހުންގެ ވިލިމާލޭ ކަސްޓޯޑިއަލްގައި ހުއްޓާ އަމިއްލައަށް މަރުވީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މަސް ދުވަހަށް ބަންދުގައި ހުރި މީހެއްކަން ފުލުހުން ހާމަ ކުރައްވައިފިއެވެ.

ފުލުހުން މިކަން ހާމަ ކުރައްވައިފައި ވަނީ ރާއްޖެއަށް 3.4 ކިލޯ މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރު ކޮށްފައިވާކަމުގެ މައުލޫމާތު ދީފައިވާ ޚަބަރެއްގައެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ތައިލެންޑު ފިރިހެނެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

މި ދެ މީހުންގެ ތެރެއިން 30 އަހަރުގެ އިނގިރޭސިވިލާތުގެ މީހާގެ ފޮށިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވެއެވެ. އެގޮތުން 43 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި 30 އަހަރުގެ މީހާއަށް ދެ މަސްދުވަހުގެ މުއްދަތު ދީފައިވެއެވެ. ނަމަވެސް އެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވެފައެވެ.

ފުލުހުންގެ ދަށުގައި ހުއްޓައި އެ މީހާ އަމިއްލައަށް މަރުވި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެންދަނީ ތަހުގީގު ކުރަމުންނެވެ

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް