ވިލިމާލެ މިސްކިތުގައި ނަމާދުގައި ހުރި މީހަކު މަރެއް ނުވޭ، އަނބުރައިގަނެގެން ވެއްޓުނީ

ވިލިމާލެ މިސްކިތުގައި ނަމާދަށް ހުއްޓައި، މީހަކު ވެއްޓި ނިޔާވެއްޖެ ކަމަށް ބުނެ ފަތުރާ ވާހަކަތައް ފުލުހުން ދޮގު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިލިމާލެ މިސްކިތުގައި އަސުރު ނަމާދުގައި ހުރި މީހަކު ހެއަށް ގޮތް ވެގެން އޭނާ އަމިއްލައަށް އިށީނީ ކަމަށެވެ.
އެހެން ނަމަވެސް ސޯޝަލް މީޑިއާގައި އެމީހާ މަރުވެއްޖެ ކަމަށް ބުނެ ފޮޓޯއެއް ވެސް އެބަދައުރު ވެއެވެ. ފުލުހުން ވަނީ އެއީ ދޮގެއްކަން ފުލުހުން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.
އެމީހާއަށް އިތުރު ފަރުވާ ދިނުމަށް ވިލިމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.