Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

126،790 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި

126،790 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި

ކޮވިޑުން ރައްކާތެރިވުމަށް ވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ، ރާއްޖެއިން 126،790 މީހުން ފުރިހަމަ ކޮށްފިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ 3،209 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައެވެ. އަދި 249 މީހުން އިއްޔެ ފުރަތަމަ ޑޯޒް ޖަހައިފައި ވެއެވެ.

މާލެ ސަރަޙައްދުގައި އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 46 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހައިފައި ވަނީ 25 މީހުންނެވެ. އަތޮޅުތެރެއިން އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 203 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހައިފައި ވަނީ 3،184 މީހުންނެވެ.

Advertisement
HDC — Sidebar (box)

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑާލައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް