Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހަރުކަށި ޑޮޓް ފިކުރުގެ މީހުން އަަޅުގަނޑުގެ ގަޔާ ދިމާލަށް ކުޅު ވެސް ޖެހި: ޝެއިޚް ޒައިދު

ހަރުކަށި ޑޮޓް ފިކުރުގެ މީހުން އަަޅުގަނޑުގެ ގަޔާ ދިމާލަށް ކުޅު ވެސް ޖެހި: ޝެއިޚް ޒައިދު

ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދުގެ ގައިކޮޅާ ދިމާލަށް، ތަކްފީރީ ހަރުކަށި ޑޮޓް ފިކުރުގެ މީހުން ކުޅު ވެސް ޖެހި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ތަކްފީރީ ހަރުކަށި ޑޮޓް ފިކުރުގެ މީހުން އެމަނިކުފާނާއި، ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފްއަކީ ކާފިރުން ކަމުގައި ދެކޭ ކަމަށެވެ. އަދި އެމީހުން ކައިރީގައި މުސްލިމުންނަކީ އެމީހުން އެކަނި ކަމުގައި ވެސް ޝެއިޚް ޒައިދު ވިދާޅުވިއެވެ.

"އަދި މަގުމަތިން އަޅުގަނޑު ދާއިރު ގަޔަށް ނޫނަސް ގަޔާ ދިމާލަށް ކުޅުޖެހުމާ، އައުގުރާނަ ކިޔުން އާންމު! މިކަހަލަ ކަންކަން ބައިވަރު" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/alizaid1000/status/1391030913467785216?s=20

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވައިލި ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި މިއަދު ވިދާޅުވެފައި ވަނީ، މިއީ ހަރުކަށި ފިކުރާ ގުޅިފައިވާ ހަމަލާއެއް ކަމަށް ބޮޑަށް ބެލެވޭ ކަމަށެވެ.

ފުލުހުންގެ އެ ތުހުމަތުތަކާ ގުޅިގެން މީސްމީޑިއާގައި ބައެއް ފަރާތްތަކުން ދަނީ، އެ ހަމަލާއާ ޝެއިޚް ޒައިދު، ޑރ. އިޔާޒް އަދި ކުރީގެ ލަވަކިޔުންތެރިޔާ ޢަލީ ރަމީޒުއާ ގުޅުމެއް ވާނެ ކަމަށް ވެސް ބުނެ އެކި ފާޑުގެ ތުހުމަތުތައް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް