Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

65 އަހަރުން މަތީގެ މީހުންނަށް ވެސް ސިނޮފާމް ވެކްސިން ޖެހޭ ގޮތް ހަދައިފި

65 އަހަރުން މަތީގެ މީހުންނަށް ވެސް ސިނޮފާމް ވެކްސިން ޖެހޭ ގޮތް ހަދައިފި

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެސް ސިނޮފާމް ވެކްސިން ޖެހޭގޮތް ހަދައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ސިނޮފާމް ވެކްސިން ޖެހުމުގެ ހުއްދަ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދީފި ކަމަށެވެ.

މިއީ އެމަޖެންސީ ހުއްދައެއްކަން ފާހަގަ ކުރައްވައި އެޗްޕީއޭއިން ވިދާޅުވީ މިހާރު އުމުރުން 18 އަހަރު މަތީގެ އެންމެންނަށް ވެސް ސިނޮފާމް ވެކްސިން ޖެހޭނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

ސިނޮފާމް ވެކްސިން ޖަހަން ކުރިން އެމްއެފްޑީއޭއިން ހުއްދަ ދެއްވި ނަމަވެސް، މި ވެކްސިން ކުރިން ޖެހެނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. ނަމަވެސް މިއަދުން ފެށިގެން އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް މި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް