Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންޓެލިޖެންސް އާއި ސެކިއުރިޓީ މިހާރަށްވުރެ ވަރުގަދަކުރަންޖެހޭ: ރައީސް

އިންޓެލިޖެންސް އާއި  ސެކިއުރިޓީ މިހާރަށްވުރެ ވަރުގަދަކުރަންޖެހޭ: ރައީސް

އިންޓެލިޖެންސް އާއި ސެކިއުރިޓީ މިހާރަށް ވުރެ ވަރުގަދަކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށް ފަހު އޭ.ޑީ.ކޭ ހޮސްޕިޓަލު ކައިރީގައި ބައެއް މީޑިއާތަކަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ ނެޝެނަލް ސެކިއުރިރޓީ ކައުންސިލާއެކީ ބައްދަލުކޮށް އެމްއެންޑީއެފްއާއި ޕޮލިސްގެ އިންޓަލިޖެންސްގެ އޮޑިޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

“އަޅުގަނޑަށް ޤަބޫލު ކުރެވުނީ އިންޓެލިޖެންސް މިއަށް ވުރެ ވަރުގަދަކުރަން ޖެހޭ ކަމާއި، ސެކިއުރިޓީ ވެސް މިއަށްވުރެ ރަނގަޅަށް އެބަ އޮންނަން ޖެހޭކަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ގޮތާއި، އެކަމުގެ ތަފްޞީލީ ރިޕޯޓެއް މިއަދުގެ ވަގުތެއްގައި އެމް.އެން.ޑީ.އެފުން އެމަނިކުފާނާ ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި ޙަމަލާތަކުން ޤައުމު ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރައްވާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދޭން އެއްޗެއް ގޮއްވައިލީ އެ މަނިކުފާނު އުޅުއްވާ ގ.ކެނެރީގެއިން ނުކުމެ ކާރާ ދިމާއަށް ވަޑައިގަންނަވަނިކޮށް ކާރާ ވަރަށް ކައިރިންނެވެ. މި ހަމަލައިގައި އިތުރު ހަތަރު މީހަކު ވެސް ޒަހަމްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް