މާލެއިން ޓެސްޓު ކުރާ ކޮންމެ 5 މީހަކުން 3 މީހަކު ކޮވިޑަށް ފައްސިވޭ
މާލެއިން ކޮވިޑަށް ޓެސްޓު ކުރާ ކޮންމެ ފަސް މީހަކުން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، މުޅި ގްރޭޓާ މާލެ ސަރަހައްދުން ވެސް ކޮންމެ ދުވަހަކު ނެގޭ ފަސް ސާމްޕަލްގެ ތެރެއިން ތިން ސާމްޕަލްއަކީ ކޮވިޑް-19 އަށް ފައްސިވާ ސާމްޕަލްއެއް ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުން ގިނަވަމުން ދާއިރު މިއަދު އެކަނި ވެސް ރާއްޖެއިން 1000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-18 އަށް ފައްސި ވެފައެވެ. މިއީ މި ފަހަކަށް އައިސް ކޮވިޑަށް މީހުން ފައްސިވާން ފެށި ފަހުން 24 ގަޑި އިރު ތެރޭ އެންމެ ގިނައިން ކޮވިޑަށް ފައްސި ވި ފަހަރެވެ.
މީގެ އިތުރުން ރާއްޖޭގައި ކޮވިޑްގެ އައު ވޭރިއެންޓެއް ދައުރުވާ ކަމަށް ރާއްޖޭގެ ޑޮކްޓަރުން ވެސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ކޮވިޑްގެ އައު ވޭރިއެންޓެއް ދައުރުވާކަމަށް ބެލެވޭ ކަމަށް ހެލްތު އޮޕަރޭޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑްގެ ބަލީގައި ޖުމްލަ 83 މީހަކު ވަނީ ނިޔާވެފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 230 މީހުން ކޮވިޑަށް ފަރުވާ ހޯދާއިރު، އިއްޔެ އެކަނި ވެސް ރާއްޖެއިން 590 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.