ޚަބަރު

ލ. ގަމާއި މާމިގިލީގައި ކާފިއު އިއުލާން ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ލ.ގަން... ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ކޮވިޑް-19 ފެތުރެމުން ދާތީ ލ. ގަމާއި އދ. މާމިގިލީގައި ކާފިއު އިއުލާން ކޮށްފިއެވެ.

Ads by STELCO

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެންގި އެންގެވުމެއްގައި ވިދާޅުވެފައި ވަނީ ލ.ގަމާއި އދ.މާމިގިލީގައި، އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގަވާފައިވާ ކަމަށެވެ.

  1. ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  2. ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  3. ލ.ގަމުގެ އެއް އަވަށުން އަނެއް އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުން.
  4. އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
  5. އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.
  6. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
  7. ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
  8. ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.
  9. ފިރާތަކުން ޚިދުމަތް ދޭއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން.
  10. ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
  11. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ހަލުވިކަމާއެކު އެބަފެތުރެއެވެ. އެގޮތުން މިއަދު ވެސް 1،091 މީހުން ފައްސި ވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އޭގެތެރެއިން 791 މީހުންނަކީ މިއަދު ފައްސި ވީ މީހުން ކަމަށާއި 300 މީހުންނަކީ މީގެ 48 ގަޑިއިރު ކުރިން ސާމްޕަލް ނަގައި މިއަދު ނަތީޖާ ލިބުނު ފަރާތްތަކެއް ކަމަށް އެޗްޕީއޭއިން މިރޭ ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!