Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޞާލިހު މިރޭ ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަނީ

ރައީސް ޞާލިހު މިރޭ ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަނީ

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިރޭ ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަން ހަމަޖެހިއްޖެއެވެ.

ރައީސް ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައި ވަނީ މިރޭ 7:00 ގައެެވެ. ރައީސްގެ ވާހަކަފުޅު ހުރިހާ ދިވެހި ޗެނަލްއަކުން ވެސް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ސީދާ ކޮންކަމަކާ ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ދަނޑިވަޅަކީ ކޮވިޑްގެ ނުރައްކާތެރިކަން ސީރިއަސް ހާލަތަށް ގޮސް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައިވާ ވަގުތެކެވެ. ހަމައެހެންމެ ރައީސް ނަޝީދަށް ނިރުބަވެރި ހަމަލައެއް ދީ އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ދާއިރު އެމްއެމްޕީއާރުސީގެ ޚިޔާނަތުގައި ޝާމިލްވާ ކަމަށް ބުނާ ބައެއް މީހުންގެ ލިސްޓެއް ވެސް މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ އާންމު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް