Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ހަތަރު ދުވަސް ފަހުން ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ހަތަރު ދުވަސް ފަހުން ފެނިއްޖެ

ގެއްލިގެން ހޯދަމުންދާ މީހެއް ކަމަށް ފުލުހުން އިއުލާން ކުރި، މ. ގޯބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ 21، ހަތަރު ދުވަސް ފަހުން ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ހުމައިނާ ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އިއުލާން ކުރީ މިދިޔަ ބުދަ ދުވަހުއެވެ. އެހެން ނަމަވެސް މިދިޔަ ހޯމަ ދުވަހުގެ މެންދުރު 12:15 ގެ ފަހުން އެއްވެސް ޚަބަރެއް ނުވާ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

ގެއްލިގެން ހޯދަމުން ދިޔަ ހުމައިނާ މިހާރު ފެނިފައިވާ ކަމަށާއި އަދި ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެހެން ނަމަވެސް ވޭތުވެ ދިޔަ ހަތަރު ދުވަހު އާއިލާއަށް އެއްވެސް ހަބަރެއް ނުވެ އުޅުނީ ކޮންތަނެއްގައި ކަމާއި އަދި އޭނާއަށް ދިމާވީ ކޮންކަހަލަ ކަމެއް ކަން ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް