Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިޒްރޭލުން ފަލަސްތީނަށް ކުރަމުންދާ އަނިޔާ، މަޖިލީހުން ކުށްވެރި ކޮށްފި

އިޒްރޭލުން ފަލަސްތީނަށް ކުރަމުންދާ އަނިޔާ، މަޖިލީހުން ކުށްވެރި ކޮށްފި

އިޒްރޭލުން ފަލަސްތީނަށް ކުރަމުންދާ އަނިޔާ ރައްޔިތުން މަޖިލީހުން ކުށްވެރި ކޮށްފިއެވެ.

މިކަމާ ގުޅިގެން ރައްޔިތުން މަޖިލީހުން ނެރުނު ބަޔާނުގައި ވަނީ، ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކޮށް އިޒްރޭލުންދޭ ލާއިންސާނީ ހަމަލަތައް ހަރުކަށި ގޮތެއްގައި ކުށްވެރި ކުރާ ކަމަށާއި އަދި އެ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓައިލަން ވެސް ގޮވައިލާ ކަމަށެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ، ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ގެއިން ނެރެ، އެމީހުންގެ މުދަލާއި ފުރާނައަށް ގެއްލުން ދެމުންދާ ކަމަށާއި، އަދި ރޯދަ މަހު އެމީހުން މިސްކިތުގައި އަޅުކަމުގައި ތިއްބައި ދިން ހަމަލާއަކީ ބައިނަލްއަގްވާމީ އެއްބަސްވުންތަކާ ހިލާފު އަމަލެއް ކަމުން އެއީ މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ހުރަހެއް އެޅޭނެ އަމަލެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން މަޖިލިސް އަބަދުމެ އޮންނާނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާ އެކުގައި ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ މަދަދުވެރިވުން މަތީ އަބަދުވެސް ދެމި ތިބޭނެ ކަމަށް ވެސް މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މިއަދުގެ ޖަލްސާގައި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާންތައް ކުށްވެރިކޮށް އެ ކަންކަން ހުއްޓައިލުމަށް ދެން އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވައި ދިނުމަށް އެދި ކުއްލި މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް