Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގދ.ތިނަދޫން އިތުރު 12 މީހުން ފައްސިވެ، އެކްޓިވް ކޭސްތަކުގެ އަދަދު 100އާ ގާތަށް

ގދ.ތިނަދޫން އިތުރު 12 މީހުން ފައްސިވެ، އެކްޓިވް ކޭސްތަކުގެ އަދަދު 100އާ ގާތަށް

ގދ.ތިނަދޫން އިތުރު 12 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު އެ ރަށުގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 87 އަށް އަރައިފައެވެ.

ޓެސްޓް ކުރުމާ ގުޅޭ ގޮތުން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފައި ވަނީ 290 ސާމްޕަލުގެ ނަތީޖާ ނުލިބޭ ކަމަށާއި ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެ ރަށުން 88 ސާމްޕަލެއް ނަގައިފައިވާ ކަމަށެވެ. އަދި އެރަށުގައި ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 128 އަށް އަރައިފައެވެ.

Advertisement
HDC — Sidebar (box)

އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައެވެ.

ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641 އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދިފައެވެ.

ތިނަދޫގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން އެ ރަށުގައި ވެސް މިވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް