Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އުމަރުގެ ކައިވެންޏަށް 25 އަހަރު ، ހުރިހާ ވެސް މީހަކީ މިނިސްޓަރުގެ ހޯމް މިނިސްޓަރު

އުމަރުގެ ކައިވެންޏަށް 25 އަހަރު ، ހުރިހާ ވެސް މީހަކީ މިނިސްޓަރުގެ ހޯމް މިނިސްޓަރު

ކައިވެންޏަކީ ދިރިއުޅުމަށް އެޅޭ އެންމެ މުހިންމު ބިންގަލެވެ. އެކަކު އަނެކެއްގެ ޒިންމާތަކަށް ރައްކާތެރިވުމާއި އުފާވެރި , ހަމަޖެހޭ އާއިލާއެއް ބިނާކުރުމުގެ އަސާސެވެެ. ދެމަފިރިއަކު އެކުގައި ކައިވެނީގެ "ރިހި ޔޫބީލް" އާ ހަމައަށް ދިއުމަކީ ކުޑަކަމެއް ނޫނެވެ. އެއީ ކޮންމެ ދެމަފިރިއަކު ވެސް ދެކެން ބޭނުންވާނެ ދުވަހެކެވެ.

އެފަދަ ކާމިޔާބު އެއްކައިވެންޏަކީ އުމަރު ނަސީރުގެ ކައިވެންޏެވެ. އުމަރު ނަސީރުގެ ކައިވެންޏަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓު ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ލޯބިވާ އަނބިކަބަލުންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުވަމުން އުމަރު ނަސީރު ވަނީ ލޯބީގެ ޝުޢޫރުތައް ވަރަށް ފުރިހަމައަށް އަތުރާލައިފައެވެ.

އުމަރު، އޭނާގެ އަނބިކަނބަލުން ސިފަ ކޮށްފައި ވަނީ “އަހަރެންގެ ހޯމް މިނިސްޓަރު” ފަދައިންނެވެ. ގޭގެ ފައިސާ އާއި އިދާރީ ކަންކަމާއި އަދި ދުވަހުން ދުވަހަށް ކުރަން ޖެހޭ ހުރިހާ ކަމެއްގެ ވެރިއަކީ އެ މަނިކުފާނުގެ ލޯބިވާ އަނބިކަނބަލުން ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން އެމަނިކުފާނުގެ މަންމަ، އެމަނިކުފާނަށް ވުރެ ވެސް ބޮޑަށް އަނބިމީހާ ދެކެ ލޯބިވާ ކަމަށާއި ދަރިންނާ، ދަނބިދަރިން ވެސް އެމަނިކުފާނަށް ވުރެ ބޮޑަށް އެމަނިކުފާނުގެ އަނބިމީހާދެކެ ލޯބިވާ ކަމަށް އެ ޕޯސްޓުގައިވެއެވެ.

މިހާރު އެދެމަފިރިންގެ ކައިވެންޏަށް 25 އަހަރު ވީއިރު، އުމަރު ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ބޯ ކޮށަންވާ ގޮތާއި އަޅަންވާ ހެދުމާ، ޖަހަންވާ ސެންޓް ވެސް ނިންމަނީ އަނބިމީހާ ކަމަށެެވެ. 

“އަހަރެންގެ ބޯ ކޮށަންވާ ގޮތާ، އަޅަންވާ ހެދުމާ، ޖަހަންވާ ސެންޓް ވެސް ނިންމަނީ އޭނާއެވެ. އަހަރެންގެ މަންމަ، އަހަންނަށްވުރެ ބޮޑަށް އޭނާ ދެކެލޯބިވެއެވެ. އަހަރެންގެ ދަރިންނާ، ދަނބިދަރިން އަހަންނަށް ވުރެ ބޮޑަށް އޭނާ ދެކެ ލޯބިވެއެވެ. ގޭގެ ފައިސާ އާއި، އިދާރީ ކަންކަމާ އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ވެރިޔަކީ އޭނާ އެވެ. އެއީ އަހަރެންގެ 'ހޯމް' މިނިސްޓަރ އެވެ. ގޭގެ ވެރިޔާ އެވެ. އަހަރުމެންގެ ކައިވެންޏަށް 25 އަހަރު ފުރޭ މި އުފާވެރި ދުވަހުގެ ހެޔޮއެދުންތައް ލޯބިވާ އަންހެނުންނަށް ފޮނުވަމެވެ” އުމަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ ހިތްވަރުގަދަ، ގަބޫލުފުޅު ކުރައްވާ އުޞޫލެއްގައި ހިފަހައްޓަވާ ސިޔާސީ ސަހުސިއްޔަތެކެވެ.

އަމިއްލަފުޅު ދިރިއުޅުމާ މެދު އެ މަނިކުފާނުގެ ހިތްޕުޅުގައި ހިނގާ ޝުޢޫރުތައް ހާމަކޮށްލެއްވި ކުޑަކުޑަ ޕޯސްޓުން ވެސް އޭނާގެ އާއިލީ ދިރިއުޅުން ސިފަވެއެވެ. ގުޅުން ބަދަހި އެކަކު އަނެކަކާ އަޅައިލާ އާއިލާއެއްކަން ދޭހަވެއެވެ. ރައީސް ޔާމީންގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރުގެ ހޯމް މިނިސްޓަރާ މެދު އޭނާ ފަޚުރުވެރިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް