Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ޣައްޒާއަށް ދޭ ހަމަލާތައް ވަގުތީ ގޮތުން ހުއްޓައިލާން އިސްރާއީލްއިން ނިންމައިފި

ޣައްޒާއަށް ދޭ ހަމަލާތައް ވަގުތީ ގޮތުން ހުއްޓައިލާން އިސްރާއީލްއިން ނިންމައިފި

އިސްރާއީލުން ފަަލަސްތީގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ވަގުތީގޮތުން ހުއްޓައިލާން އިސްރާއީލްގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމައިފިއެވެ.

މިނިންމުން ނިންމާފައި ވަނީ އިސްރާއީލުގެ ހައި-ލެވެލް ސެކިއުރިޓީ ކެބިނެޓްގައި ހިމެނޭ ހުރިހާ މިނިސްޓަރުންގެ އަޣްލަބިއްޔަތުންނެވެ.

އިސްރާއީލުން ބުނެފައި ވަނީ ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ޓެރެރިސްޓް ޖަމާޢަތްތައް މިއަދު ބަލި ކަށިވެފައިވާ ކަމަށާއި އިސްރާއީލުން ވަނީ މި ހަނގުރާމައިގައި ހުރިހާ ކާމިޔާބީއެއް ހޯދައިފައި ކަމަށެވެ. ޓެރެރިސްޓް ޖަމާޢަތެއް ކަމަށް އިސްރާއީލުން ތުހުމަތު ކޮށްފައި ވަނީ ފަލަސްތީނުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާޢަތަށެވެ.

Advertisement
Allied — Dhen Online (box)

ހަމާސް ޖަމާއަތުން ވެސް ވަނީ އެޖަމާއަތުން އިސްރާއީލަށް ދެމުން އަންނަ ހަމަލާތައް ހުއްޓައިލާން ނިންމާފައިވާކަން ހާމަކޮށްފައެވެ. މި ގޮތުން އެ ޖަމާއަތުން ބުނެފައި ވަނީ، މިރޭ އެޤައުމުގެ ގަޑިން ދަންވަރު 2 ޖަހާއިރު ހަމަލާތައް ހުއްޓައިލާން ދެފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

އިސްރާއީލާއި ހަމާސް ޖަމާޢަތާ ދެމެދު އެއްބަސްވުމަކަށް އައިސް، ހަމަލާތައް ބަދަލު ކުރުން މަޑު ޖައްސައިލާން ނިންމާފައި ވަނީ މިސްރު މެދުވެރިވެ ކުރިޔަށް ގެންދިޔަ މަޝްވަރާތަކަށް ފަހުއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 232 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 65 ކުޑަކުދިން ވެސް ހިމެނެއެވެ. އަދި މި ހަމަލާތަކުގައި 1،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހަމާސް ޖަމާޢަތުން ދިން ބަދަލު ހަމަލާތަކުގައި އިސްރާއީލުގެ 12 މީހަކު ވަނީ މަރައިލާފައެވެ. އެޖަމާއަތުން އިސްރާއީލަށް 4،000އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ދީފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް