Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ޞާލިޙްގެ މަންމާފުޅު ކޮވިޑް ބަލިން ފަސޭހަވެއްޖެ

ރައީސް ޞާލިޙްގެ މަންމާފުޅު ކޮވިޑް ބަލިން ފަސޭހަވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ މަންމާފުޅު ކޮވިޑް-19 ބަލިން ފަސޭހަވެއްޖެއެވެ.

ރައީސްގެ މަންމާފުޅު އެ ބަލިން ފަސޭހަވެއްޖެކަން ހާމަކުރައްވަމުން ރައީސް ޞާލިޙްގެ ދައްތާފުޅު އައިޝަތު މުޙައްމަދު ޞާލިޙް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާތް ﷲގެ ހެޔޮ ރަޙްމަތްފުޅާއެކު އެ ކަމަނާގެ މަންމާފުޅުގެ އާލާސްކަންފުޅު ރަނގަޅު ކަމަށާއި މިވަގުތު ހުންނެވީ ގޭގައި ކަމަަށެވެ.

ރައީސް ޞާލިޙްގެ މަންމާފުޅު އާލާސްކަންފުޅާ އުޅުއްވި ދުވަސްކޮޅު އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށާއި ހިތްވަރުދެއްވި ފަރާތްތަކަށް ވެސް އެކަމަނާ ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ. ޝުކުރުގެ ލިސްޓުގައި ރައީސް ޞާލިޙްގެ ނަންފުޅާއި ފަސްޓްލޭޑީ މެޑަމް ފަޒްނާ އަހުމަދުގެ ނަންފުޅު ވެސް އެކަމަނާ ހިމަނުއްވާފައިވެއެވެ.

Advertisement
Allied Insurance — Square (box)

ރައީސް ޞާލިޙްގެ މަންމާފުޅު ކޮވިޑަށް ފައްސިވީ މި މަހުގެ 9 ވަނަ ދުވަހުގައެވެ. އެ ކަމަނާއަށް ފަރުވާ ދެއްވައިފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް