Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިއަދު ފައްސިވި އަދަދު ވެސް 1600އިން މަތީގައި

މިއަދު ފައްސިވި އަދަދު ވެސް 1600އިން މަތީގައި

އިތުރު 1،603 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިތުރު 1،603 މީހުން ވަނީ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައެވެ.އެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 1،025 މީހުންނެވެ. އޭގެ ތެރޭގައި އަތޮޅުތެރެއިން 571 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވި 7 މީހުން ހިމެނެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 52،405 މީހުންނެވެ.ބަލިން ފަސޭހަވެފައިވަނީ 31،197 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 120 މީހުންނެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 286 މީހުންނަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް