Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފައްސި ވެފައިވާ ދެ މީހަކު ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލައިފި

ފައްސި ވެފައިވާ ދެ މީހަކު ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލައިފި

ފުލުހުންގެ ބެލުމުގައި ތިބި ކޮވިޑް-19އަށް ފައްސި ވެފައިވާ ދެ މީހަކު އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކޮވިޑް-19 އަށް ފައްސި ދެ މީހަކު، ބަންދުން ދޫކޮށްލުމަށް ފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Advertisement
Ooredoo — Square (box)

މިކަމާ ގުޅޭގޮތުން ފުލުހުން އަދި އިތުރު މައުލޫމާތެއް ދެއްވާފައެއް ނުވެއެވެ. އަދި އެޗްޕީއޭގެ ބަހެއް ވެސް އަދި ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް