Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބޮޑުގޭގެ އުތުރުކޮޅުގައި ޕާކިން ޒޯނެއް ހަދަނީ

ބޮޑުގޭގެ އުތުރުކޮޅުގައި ޕާކިން ޒޯނެއް ހަދަނީ

މާފަންނު ބޮޑުގޭގެ އުތުރުކޮޅުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައި ދެއްވީ މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ޕާކިން ޒޯން ހެދުމަށް ބިންގަނޑު އެއްވަރުކޮށް ގާ އެތުރުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. މި މަސައްކަތް ކުރަނީ އެ ބިމުގައި ހުންނަ މިސްކިތް ބޭނުންކުރުމަށް އެއްވެސް ދަތިކަމެއް ނުވާ ގޮތަށް ކަމަށް ސިޓީ ކައުންސިލުން ހާމަ ކުރެއެވެ.

Advertisement
Ooredoo — Truecaller (box)

ޑރ. މުޢިއްޒު ވިދާޅުވީ ބޮޑުގޭގައި ޕާކް ކުރާނެ ތަނެއް ހެދީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން އެކަމަށް އެދޭތީ އެމީހުންނަށް ފަސޭހަ ކޮށްދިނުމަށް ކަމަށާއި މާލޭގައި ހުސްކޮށް ހުރި ޖާގަތައް ބަލަމުންދާ ކަމަށެވެ.

"އެފަދަ ތަންތަން އާންމުންނަށް ބޭނުންކުރެވޭނެ ރަނގަޅު ގޮތަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު މާލެސިޓީގެ މޭޔަރުކަމުގެ ހުވާ ކުރެއްވީ މި މަހުގެ 17 ވަނަ ދުވަހުގައެވެ. މާލޭގެ މޭޔަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރަންޖެހޭ ކަންކަން ތަރުތީބުކޮށް، މި ވަގުތު ކޮންމެހެން ހައްލު ކުރަންޖެހޭ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް އެމަނިކުފާނު ބާރަށް ކުރިއަށް ގެންދަވާ ކަން ފާހަގަ ކުރެވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް