Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސްޓުޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު އަންނަ ހަފްތާގައި އާންމު ކުރަނީ

ސްޓުޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު އަންނަ ހަފްތާގައި އާންމު ކުރަނީ

ހަޔަރ އެޑިއުކޭޝަންއިން މިދިޔަ ފެބްރުއަރީ މަހު އިއުލާން ކުރި ސްޓުޑެންޓް ލޯނަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު އަންނަ ހަފްތާގައި އާންމު ކުރަން ނިންމައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ލޯނު ލިބޭ ކުދިންގެ ވަގުތީ ލިސްޓެއް މީގެ ކުރިން ނުނެރޭ ކަމަށާއި އެހެން ނަމަވެސް މި އަންނަ ހަފްތާގައި ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓު އާންމު ކުރާނެ ކަމަށެވެ. އަދި މިފަހަރު ވަގުތީ ލިސްޓެއް އާންމު ކުރާ ގޮތަށް ހަމަޖެއްސީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދާއިމީ ލިސްޓެއް އާންމު ކުރާނީ ވަގުތީ ލިސްޓު އާންމުކޮށް ލިބެމުންދާ ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ފެބްރުއަރީ މަހު ސްޓުޑެންޓް ލޯނަށް ހުށަހަޅަން ފުރުސަތު ހުޅުވާލީ 770 ޖާގައަށެވެ. މިއީ މިހާތަނަށް ހުޅުވާލި އެންމެ ގިނަ ފުރުސަތުކަން ވެސް ފާހަގަ ކޮށްލެވެއެވެ. މިދިޔަ އަހަރު ސްޓުޑެންޓް ލޯނަށް ހުށަހެޅުމަށް ހުޅުވައިލީ 550 ފުރުސަތެވެ.

Advertisement
Allied — Dhen Online (box)

މިނިސްޓަރ ވިދާޅުވީ މިފަހަރު ލޯނު ދޫކުރުމުގައި އެއްވެސް ދަރިވަރެއްގެ މެރިޓަށް ނުބަލާނެ ކަމަށެވެ. އަދި މިފަހަރުގެ ލޯން ސްކީމްގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް 471 ފުރުސަތާއެކު އަލަށް ކިޔަވާ ދަރިވަރުންނަށް 299 ފުުރުސަތު ހިމަނާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިފަހަރުގެ ލޯން ސްކީމުގައި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށާއި ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް އިސްކަން ދީފައިވެއެވެ. އޭގެ ތެރޭގައި ޓޫރިޒަމް، ކޮންސްޓަރަކްޝަން އަދި އައިސީޓީގެ ދާއިރާ ފާހަގަ ކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް