Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޝެއިޚް ޒައިދުގެ ނަމުގައި ޓުވިޓާގައި ފޭކު އެކައުންޓެއް!

ޝެއިޚް ޒައިދުގެ ނަމުގައި ޓުވިޓާގައި ފޭކު އެކައުންޓެއް!

ޝެއިޚް ޢަލީ ޒައިދުގެ ނަމުގައި ޓުވިޓާގައި ފޭކު އެކައުންޓެއް ދައުރުވާން ފަށައިފިއެވެ.

އަނެއް ދިވެހިރާއްޖެ ނަމަކަށް ކިޔާ ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ ޓުވީޓަކަށް ޖަވާބު ދެއްވައި އަލީ ޒައިދު ވަނީ ފޭކް އެކައުންޓް ، އާންމުގެ ސަމާލުކަމަށް ގެންނަވައިފައެވެ.

https://twitter.com/alizaid1000/status/1396052247755182082?s=20

Advertisement
HDC — Sidebar (box)

"އަނެއް ދިވެހިރާއްޖެ" އެކައުންޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގެންގުޅުއްވާ ނުރަސްމީ އެކައުންޓެއްކަން ކުރިން ވަނީ ބެލެވިފައެވެ.

އެގޮތުން އެ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "ބޮން ގޮއްވާލައި އަޅުގަނޑު މަރައިލަން އުޅުމުގައި ފައިސާ ޚަރަދުކުރި މީހުން ހޯދުމުގައި އެންސީޓީސީ އިން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް އަޅުގަނޑަށް ޚަބަރު ލިބޭ" މިފަދައިންނެވެ.

އެއަށް ޖަވާބު ދެމުން ޝެއިޚް ޒައިދުގެ ނަމުގައި ހަދާފައިވާ އެކައުންޓުން ބުނެފައި ވަނީ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އެކަމާ އިންތިހާއަށް ހިތާމަކުރާ ކަމަށެވެ.

ދެ އެކައުންޓުގައި ވެސް ވަނީ އެއް ޕްރޮފައިލް ފޮޓޯއެކެވެ. އެހެން ނަމަވެސް އެ އެކައުންޓުގެ ޔޫޒާ ނޭމް ވަނީ ބަދަލު ކޮށްފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި މިފަދަ ބޭފުޅުންގެ ޓުވިޓާ ނުވަތަ އެފަދަ އެހެން މަންސަތަކުން ވެސް ފޭކު އެކައުންޓު ހެދުމަކީ އާންމުވެފައިވާ ކަމެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް