ދުނިޔެ

ދިރިހުރި ކަމުގެ ހެކި ދައްކަން އދއިން އެދުނު ޕްރިންސެސް ލަތީފާގެ ފޮޓޯއެއް އާއްމުވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މެދުގައި އެއީ ޕްރިންސެސް ލަތީފާ ކަމަށް ބުނޭ..

2018 ވަނަ އަހަރު ފިލަން އުޅުއްވި ޕްރިންސަސް ލަތީފާ އަލްމަޚްތޫމްގެ ފޮޓޯއެއް އިސްޓަގްރާމްގައި އާއްމުކޮށްފިއެވެ.

Ads by Sosun Fihaara

ޕްރިންސެސް ލަތީފާގެ ބައްޕާފުޅު، ޝެއިޚް މުޙައްމަދު ބިން ރަޝީދު އަލް މަޚްތޫމްއަކީ ދުބާއީގެ ވެރިޔާގެ އިތުރުން، ޔުނައިޓެޑް އަަރަބް އެމިރޭޓްސްގެ ބޮޑު ވަޒީރެވެ. ބޮޑު ވަޒީރުގެ 25 ދަރީންގެ ތެރޭގައި ހިމެނޭ ޕްރިންސެސް ލަތީފާ ވަނީ 2018 ވަނަ އަހަރު އެޤައުމުން އޭނާއަށް މިނިވަން ކަމެއް ނެތް ކަމަށް ބުނެ ޤައުމުން ފިލަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފިއްލަވައިގެން ވަޑައިގެން އިންޑިއާ ކަނޑުގައި ބޯޓެއްގައި ހުންނަވަނިކޮށް ކޮމާންޑޯއިން ވަނީ ޕްރިންސަސް ލަތީފާ ހައްޔަރުކޮށްގެން ދުބާއީއަށް ގެންގޮސްފައެވެ.

ފިއްލަވަން މަސައްކަތް ކުރައްވާފައިވާތީ ޕްރިންސެސް ލަތީފާ ހުންނަވަނީ ދުބާއީގައި ހިޞާރުކޮށްފައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މިއަހަރު ފެބްރުއަރީ މަހު ލަތީފާ އާއްމު ކުރި ވީޑީއޯއެއްގައި އޭނާ ވިދާޅުވީ، އޭނާ ބަހައްޓާފައިވާ ވިލާ މިހާރު އޭނާއަށް ސިފަ ކުރެވެނީ ޖަލެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާގެ ފުރާނައާ މެދު ބިރު ގަންނަ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޕްރިންސެސް ލަތީފާ ދިރިހުރިކަން ސާބިތުކޮށްދިނުމަށް އދއިން ވަނީ ތަކުރާރުކޮށް ޔޫއޭއީގެ ސަރުކާރުގެ ކިބައިން އެދިފައެވެ. އެންމެ ފަހުން މިދިޔަ މަހު ވެސް މި އެދުން ވަނީ ތަކުރާރުކޮށްފައެވެ.

މިހާރު އިންސްޓަގްރާމްފައި ފޮޓޯގައި ފެންނަނީ ޕްރިންސެސް ލަތީފާ ކަމަށް އޭނާގެ ރަހްމަތްތެރިއަކާ ހަވާލާދީ ބީބީސީއިން ރިޕޯޓް ކުރެއެވެ. އާއްމުވެފައިވާ ފޮޓޯއިން ފެންނަނީ، ޕްރިންސެސް ލަތީފާ އިތުރު 2 އަންހެނުންނާއެކު ދުބާއީގެ ޝޮޕިންގ މޯލެއްގައި އިންނަވަނިކޮށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!