ކުއްލި ނުރައްކަލުގެ ބޭނުން ނުހިފާ އޮތުމަކީ، ބޮން ގޮއްވުމުގެ އަޑީގައި ތިބި މީހުންނަށް ލިބުނު ފުރުސަތެއް: ވައްޑޭ

ރާއްޖޭގައި ކުއްލި ނުރައްކާ ހިންގުމުގެ ބާރުގެ ބޭނުން ނުހިފުމަކީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ އަޑީގައި ތިބި މީހުންނަށް ދެވުނު ފުރުސަތެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރުކަށި ފިކުރަށް ތަބާވެ، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސްނުޖެހޭނެ މީހުން އުޅޭކަން ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އެނގޭއިރު، ކުއްލި ނުރައްކާ ހިންގުމުގެ ބާރުގެ ބޭނުން ނުހިފުމަކީ ބޮމުގެ ހަމަލާގެ އަޑީގައި ތިބި މީހުންނަށް ދެވުނު ފުރުސަތެއް ކަމަށެވެ.
https://twitter.com/waddey_/status/1396365478411395074?s=20
މި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ ހަރުކަށި ފިކުރާ ގުޅުން ހުރި ބަޔަކު ދިން ހަމަލާއެއް ކަމަށް ޤަބޫލު ކުރެވޭކަމަށް ފުލުހުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން މި ހަމަލާއާ ގުޅުންހުރި ކަމުގެ ތުހުމަތުގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ.
އޭގެ ތެރެއިން ތިން މީހުންގެ ބަންދުގެ މުއްދަތު މިއަދު ވަނީ ހަމަވެފައެވެ. އެއީ މުޖާޒް އަހުމަދު (މއ. ފޭރުގެ/ ކ.މާލެ) އާއި ތަހުމީން އަހުމަދު (ފޮޅޭމާ/ ގއ. ކޮނޑޭ)ގެ އިތުރުން އަދުހަމް އަހްމަދު ރަޝީދު (ހިޔާ/ ވ. ތިނަދޫ) އެވެ.







ކޮމެންޓް