Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ލޮކްޑައުން ނުކޮށް، އިތުރު ފިޔަވަޅުތަކެއް އަޅަނީ

ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައިވާ ކަމަށާއި، ނަމަވެސް އެއީ ލޮކްޑައުން ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވ ލޮކްޑައުންއަކަށް ނުގޮސް ފިޔަވަޅުތައް އަޅަން ނިންމައިފައިވާ ކަމަށާއި އަދި އަޅާނެ ފިޔަވަޅުތައް މިހާރު ދަނީ މަޝްވަރާ ކުރެވެމުން ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފިޔަވަޅުތައް އަޅަން ނިންމައިފައި ވަނީ މިއަންނަ ބުދަ ދުވަހުއެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ޓަކައި މިހާރު މާލެ ސަރަހައްދުގައި ހަވީރު 4 އިން ފެށިގެން ފަތިހު 4 އަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި ހޮޓާތަކާއި ފިހާރަތައް އާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދިނުން ބަންދުކޮށް އެ ވަގުތުތަކުގައި ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވޭ ގޮތަށް ވަނީ ބަދަލު ކޮށްފައެވެ.

މީގެ އިތުރުން އަތޮޅު ތެރޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ އެއްރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުންމެއްގައި ނޫނީ ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްބައި ރަށްރަށުގައި ކޮވިޑް ކޭސްތައް ގިނަ ވުމުގެ ސަބަބުން އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 124 މީހަކު ނިޔާވެފައި ވެއެވެ. އަދި ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ރާއްޖެއިން މި ބައްޔަށް ފައްސިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 1،000އިން މަތީގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް