Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވައްޓާލީކަމަށް ބެލެވޭ އެއްވެސް ހެއްކެއް އަދި ނެތް: ފުލުހުން

ވައްޓާލީކަމަށް ބެލެވޭ އެއްވެސް ހެއްކެއް އަދި ނެތް: ފުލުހުން

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ނިރޮޅުމަގު 6 ނަމްބަރު ގޯޅިގައި ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާ އިމާރާތުގެ މަތިން ވައްޓާލީކަމަށް ބެލެވޭ އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 3 ޖަހާއިރު ނިރޮޅު މަގުގެ 6 ނަމްބަރު ގޯޅިން ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެއްޓިފައި އޮތްއިރު ލައިގެން ހުރީ ހަމައެކަނި ބޮކްސާއެވެ. އަދި މުޅި މީހާ އޮތީ ލެއިން ތަތްތެޅިފައެވެ.

އޭނާ ވެއްޓިފައި އޮތީ އެތާ ހުރި ގެސްޓްހައުސްއެއްގެ ކައިރިއަށެވެ. އެހެން ނަމަވެސް އެ ގެސްޓްހައުސްއިން ބުނީ އެއީ އެ ގެސްޓްހައުސްއާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.

Advertisement
Ooredoo — Square (box)

މިކަމާ ގުޅިގެން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، އޭނާ ވެއްޓުމުގެ ކުރިން އެ އިމާރާތަށް އޭނާ އަރާ މަންޒަރު ސީސީޓީވީ ކެމެރާއިން ފެންނަން އެބަހުރި ކަމަށާއި، އޭނާ އެ އިމާރާތަށް އަރަމުން ދިޔައީ އެކަނި ކަމަށް ވެސް އެ ވީޑިއޯތަކުން ފެންނަން ހުރި ކަމަށެވެ. އެއީ އޭނާ ވެއްޓުމުގެ 10 މިނެޓު ކުރިން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންކަމުން މި ހާދިސާގައި އެހެން މީހެއްގެ ބައިވެރިވުން އޮތްކަމަށް އަދި ނުބެލެވޭ ކަމަށް ވެސް ފުލުހުން ފާހަގަކުރިއެވެ.

މީގެ އިތުރުން އެރޭ އޭނާ ވެއްޓުމުގެ ކުރިން ހުޅުމާލެ މަގުތަކުގެ މަތީގައި އޭނާ އަޑުގަދަ ކުރަމުން ދާ މަންޒަރު ވެސް ސީސީޓީވީ ކެމެރާއިން ފެންނަ ކަމަށާއި އެވަގުތު ވެސް އޭނާ ހުރީ ވެއްޓުނުއިރު ލައިގެން ހުރި ބޮކްސާ ލައިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް