Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސަލާމަތަށް ޓަކައި މުލިއާގޭގެ ވަށައިގެންވާ ސަރަޙައްދުގެ ކާނުތައް މަދުކުރަން ފަށައިފި

ސަލާމަތަށް ޓަކައި މުލިއާގޭގެ ވަށައިގެންވާ ސަރަޙައްދުގެ ކާނުތައް މަދުކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގައި މިހާރު ބަހައްޓާފައިވާ ކާނުތައް މަދުކުރުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެންގުމަށް މާލޭ ސިޓީ ކައުންސިލުން މިރޭ ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިޙް ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލިއާގޭގެ ވަށައިގެންވާ މަގުތަކުގައި ކާނުތައް މަދު ކުރުމަށް އެމްއެންޑީއެފްއިން އެދުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބާރު ސްޕީޑުގައި އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ރައީސް ދިރިއުޅުއްވާ ގެކޮޅު ވަށައިގެންވާ ސަރަޙައްދުގެ ކާނުތައް މަދުކުރަން އެމްއެންޑީއެފްއިން އެދިފައި ވަނީ ކީއްވެކަން އަދި އެނގިފައެއް ނުވެއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/ahmed_narysh/status/1396520343683035140?s=20

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން ވެސް ވަނީ ޤައުމުގެ ސަލާމަތީ ކަންކަމުގެ ލެވެލް މަތި ކޮށްފައެވެ. އަދި އެ ހާދިސާގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުންނާއި ސިފައިން ދަނީ އެކިއެކި އޮޕަރޭޝަންތައް ވެސް ހިންގައި، ހަތިޔާރާއެކު ހަރަކާތްތެރި ވެސް ވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް