Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑް-19: ގދ.ތިނަދޫގައި ކާފިއު ގަޑި އިތުރު ކޮށްފި

ކޮވިޑް-19: ގދ.ތިނަދޫގައި ކާފިއު ގަޑި އިތުރު ކޮށްފި

ގދ. ތިނަދޫގައި ކާފިއު ހިންގާ ވަގުތު 12 ގަޑިއިރަށް ދިގު ދަންމައިލައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވާ ގޮތުގައި އެ ރަށުގައި ކާފިއު ހިންގުމަށް ހަމަޖެހިފައި ވަނީ ހަވީރު 4އިން ފަތިހު 4އަށެވެ.

މިއާ އެކު މިދެރަށުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުމެ އުޅުން ހުއްޓައިލުމަށް ވަނީ އަންގައިފައެވެ. އެހެން ނަމަވެސް އެ ވަގުތުގައި ޕޮލިހުންގެ ހުއްދައާ އެކު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެ އެންގުމުގައިވެއެވެ.

Advertisement
Allied Insurance — Square (box)

ގދ ތިނަދޫގެ އިތުރުން، ގއ ދާންދޫގެ އިތުރުން އދ. މާމިގިއްޔާއި، ފ. ނިލަންދޫއާއި ފ. ފީއަލީގައި ވެސް ވަނީ 12 ގަޑި އިރަށް ކާފިއު ހިންގުމަށް ނިންމައިފައެވެ. މީގެ އިތުރުން އައްޑޫ އަދި ފުވައްމުލަކު ސިޓީ އަދި ލ. ގަން ވެސް ހިމެނެއެވެ.

އަތޮޅުތަކުގެ ގިނަ ރަށްރަށުގައި މިހާރު ވަނީ ކޮވިޑް ބަލި ފެތުރިފައެވެ. ޖުމްލަ 70 ރަށެއް އޮތީ މޮނިޓަރިން ހާލަތުގައެވެ. ވެރިރަށް މާލޭގައި ވެސް ހަލުވި ކަމާއެކު ދުވަހެއް ދުވަހަކަށް ދަނީ ބަލި ފެތުރެމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް