Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވަޒީފާތަކަށް ދާން ހުއްދަ ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީން

ވަޒީފާތަކަށް ދާން ހުއްދަ ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީން

ވަޒީފާތަކަށް ނުކުންނަ މީހުންނަށް މާދަމާއިން ފެށިގެން ހުއްދަ ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މާދަމާއިން ފެށިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާދަމާއިން ފެށިގެން ދެ ހަފްތާ ވަންދެން، މާލެ ސަރަޙައްދުގެ ކާފިއު ގަޑި ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށް އިތުރުކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ކޮންމެ ގޭބިސީއަކުން (ރެސިޑެންޝަލް ހުއްދަ އޮންނަ) ދެ މީހަކަށް ކަމަށް ވެސް ނިންމައިފައިވެއެވެ.

Advertisement
Allied Insurance — Square (box)

މި ނިންމުމުގެ ސަބަބުން ވަޒީފާތަކަށް ދާންޖެހޭ މީހުން ވަޒީފާތަކަށް ދާނީ ކިހިނެއްކަމާއި ހުއްދަ ހޯދަން ކަންތައް ކުރަން ޖެހޭ ގޮތްތަކާ ބެހޭ ގޮތުން ވަނީ ސުވާލު އުފެދިފައެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަބްދުލްއަޒީޒް ވިދާޅުވީ ވަޒީފާތަކަށް ދާ މީހުންނަށް ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި މިހާރު ދޫކޮށްފައިވާ ފާސްތައް ބޭނުންކޮށްގެން ވެސް ވަޒީފާތަކަށް ދެވޭނެ ކަމަށެވެ.

ފާސް ނުލިބޭނަމަ ވަޒީފާއަށް ނުކުންނަން މަޖުބޫރު ނުކުރެވޭނެ ކަމަށާއި ވަޒީފާ ދޭ ފަރާތުން އެގޮތަށް މަޖުބޫރުކުރާ ނަމަ މައްސަލަ ހުށަހެޅޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް