Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ޞާލިޙް މިރޭ 10 ޖަހާއިރު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސް ޞާލިޙް މިރޭ 10 ޖަހާއިރު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ 10:00ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ވިދާޅުވީ، ކޮވިޑް-19އިން ރައްކާތެރިވުމަށް މިހާރު އަޅައިފައިވާ ފިޔަވަޅުތަކާއި އަދި މާދަމާއިން ފެށިގެން ތަންފީޒު ކުރާ އާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ވާހަކަ ދައްކަވާނެ ކަމަށެވެ.

މިއީ ކޮވިޑް-19ގެ ނުރައްކާ ފަހަކަށް އައިސް ރާއްޖޭގައި ބޮޑުވާން ފެށިފަހުން ރައީސް ޞާލިޙް ނޫސްވެރިންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ، ބަލީގައި ފަރުވާދޭ މީހުންނާއި ނިޔާވާ މީހުންގެ ޢަދަދު ވަނީ އިތުރުވާން ފަށައިފައެވެ. އިއްޔެ އެކަނި ވެސް މިބަލީގައި ރާއްޖެއިން 13 މީހުން ވަނީ ނިޔާވެފައެވެ.

އަދި މިކަމާ ގުޅިގެން މާލެ ޞަރަޙައްދާއި އަތޮޅުތަކުގައި ވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅައި، ކާފިއު ހިންގުމަށް މިހާރު ވަނީ އަންގައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް