Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަނުން ޚިދުމަތް ދެވޭނެ ވަގުތު އާންމު ކޮށްފި

ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަނުން ޚިދުމަތް ދެވޭނެ ވަގުތު އާންމު ކޮށްފި

ފިހާރަތައް އާންމުންނަށް ހުޅުވައިގެން ޚިދުމަތް ދެވޭނެ ވަގުތު އާންމު ކޮށްފިއެވެ.

މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމެންޓުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ކޮވިޑް-19އިން ރައްކާތެރިވުމަށް އެޅިފައިިވާ ފިޔަވަޅުތަކުގެ ތެރެއިން 26 މެއި 2021 ފެށިގެން 9 ޖޫން 2021 ގެ ނިޔަލަށް މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ވިޔަފާރި ކުރާ ތަންތަނުން ޚިދުމަތް ދިނުމަށް އާންމުންނަށް ހުޅުވާލެވިފައި ހުންނާނީ ހެނދުނު 8 އިން ހަވީިރު 4 އަށް ކަމަށެވެ. އަދި ޑެލިވަރީގެ ޚިދުމަތް ދެވޭނީި ހެނދުނު 6 އިން މެންދަމު 12އަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި މުއްދަތުތަކުގެ ތެރޭގައި ޚިދުމަތް ދޭ ފަރާތްތަކުން ހުއްދައަށް އެދެން ޖެހޭނެ ކަމަށާއި ހުއްދައަށް އެދެން ޖެހޭނީ، ހަމައެކަނި އެ ވިޔަފާރިއެއްގެ މުވައްޒަފުންނަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ. އަދި ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް <a href="https://www.police.gov.mv/permit/">ހުއްދަ</a>އަށް އެދެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

މުދާ ވިއްކުމުގެ ވިޔަފާރިކުރާ ކޮންމެ ތަނަކަށް ދެ ސަޕޯޓު ސްޓާފް އަދި ދެ ޑެލިވަރީ ސްޓާފަށް ހުއްދަ ދޫކުރެވޭނެ ކަމަށާއި، އިތުރު މުވައްޒަފުންނަށް ހުއްދަ ބޭނުންވާ ނަމަ [email protected] އިން އެ އިއުލާނުގައި ޝާއިޢުކޮށްފައިވާ ޝީޓު ފުރިހަމަ ކުރުމަށް ފަހު ފޮނުވުމުން ދިރާސާކުރުމަށް ފަހު ހުއްދަ ދޫކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ވަގުތަކީ ހެނދުނު 6 އިން މެންދަމު 12 އަށެވެ. އަދި ޓޭކްއަވޭ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ވަގުތަކީ ހެނދުނު 8 އިން ހަވީރު 4 އަށެވެ. މިފަދަ ތަންތަނަށް ވެސް ހުއްދަ ހޯދުމަށް އިސްވެ ބުނެވުނު ޕޯޓަލްތައް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ ކަމުގައިި ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް އެފަދަ ތަންތަނަށް ހުއްދަ ދޫކުރާއިރު ދޫކުރާނީ 4 ސަޕޯޓު ސްޓާފް އަދި 2 ޑެލިވަރީ ސްޓާފަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް