Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑް ފެސިލިޓީން ބޯފެން ނުލިބޭ ކަމަށް ދެކެވޭ ވާހަކަތައް އައިޖީއެމްއެޗުން ދޮގުކޮށްފި

ކޮވިޑް ފެސިލިޓީން ބޯފެން ނުލިބޭ ކަމަށް ދެކެވޭ ވާހަކަތައް އައިޖީއެމްއެޗުން ދޮގުކޮށްފި

ހުޅުމާލެ ކޮވިޑް ފެސިލިޓީން ބޯފެން ނުލިބޭ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އައިޖީއެމް ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

އައިޖީއެމްއެޗްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ހުޅުމާލެ ކޮވިޑް ފެސިލިޓީއަކީ އައިޖީއެމްއެޗް ހޮސްޕިޓަލާ ގުޅިގެން ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހިންގަމުން އަންނަ ތަނެއް ކަމަށާއި، އެތަނުގައި ތިބޭ ބަލި މީހުންގެ ކެއިން ބުއިމުގެ ހިދުމަތް ދެނީ ކޭޓަރިން އުސޫލުން އަމިއްލަ ފަރާތްތަކާ ހަވާލު ކޮށްގެން ކަމަށެވެ.

މީގެ އިތުރުން ކެއުން އޮންނަ ވަގުތުތަކުގައާއި އެނޫން ވަގުތު ތަކުގައި ވެސް އެ ފެސިލިޓީން ބޯފެން ގޮތުގައި މިނެރަލް ވޯޓާ ލިބެން ހުންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ބައެއް ބަލި މީހުންގެ އާއިލާއިން އިތުރަށް ވެސް މިނެރަލް ވޯޓާ ފޮނުވާކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެެވެ.

Advertisement
Ooredoo — Square (box)

ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ހެޕީ މާކެޓް ޓްރޭޑިން ކޮމްޕެނީގެ ފަރާތުން ހަދިޔާ ކުރި މިނެރަލް ވޯޓާ އެ ފެސިލިޓީން ބަލައިގެންފައިވާ ކަމަށާއި، އެ ފެނަކީ ފެސިލިޓީން މިނެރަލް ވޯޓާ ހުސްވެ ފެނަށް ޖެހުމުން ހަދިޔާކުރި އެއްޗެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އައިޖީއެމްއެޗްއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އަދި އެ ފެސިލިޓީން އެ ފެން ބަލައިގެންފައި ވަނީި އެ ފެސިލިޓީން ފެން ހުސްވެފައިވާތީ ނޫން ކަމުގައްޔާއި، އެ ފެސިލިޓީން ބޯފެން ފަދަ އެއްވެސް އެއްޗެއް ހުސްވިޔަ ނުދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމުގައި އެ އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ހެޕީމާކެޓުގެ ފަރާތުން އެ ފެސިލިޓީއަށް ބޯފެން ހަދިޔާ ކޮށްދީފައިވާތީ އެކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް