ރާއްޖެ އޮތީ ދުނިޔޭގެ ކުރީ ސަފުގައި، އެތައް ގައުމަކަށް ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުލިބޭ: ރައީސް
ވެކްސިން ޖެހުމުގައި ރާއްޖެ އޮތީ ކުރީ ސަފުގައި ކަމަށާއި ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުލިބޭ އެތައް ގައުމުތަކެއް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ސިއްހީ މާހިރުންގެ ފަރާތުން ލަފާ ލިބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ވީހާ ވެސް ގިނަ ބަޔަކަށް ޖެހުމަށް ކަމަށެވެ. އަދި ވެކްސިންތައް ގެނައުމަށް ޓަކައި ކުރެވިފައި ހުރި އެގްރީމެންޓްތަކުގެ އަލީގައި މިހާތަނަށް އަންނައިރު ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށެެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދުނިޔޭގެ އާބާދީގެ ބޮޑުބައެއް އަދިވެސް ތިބީ އެންމެ ޑޯޒެއް ވެސް އެއްވެސް ރައްޔިތަކަށް ނުލިބި ކަމަށެވެ. އެހެން ނަމަވެސް ދިވެހިރާއްޖެ ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ނިސްބަތުން ވެސް ކުރީ ސަފުގައި ކަމަށް ރައީސް ވިދާޅުވީއެވެ.
“އަޅުގަނޑުމެން މިތިބީ 60% އާބާދީގެ ވެކްސިން ޖަހާފަ. ދެ ޑޯޒް 35% މީހުންނަށް ޖަހައި ނިމިއްޖެ. ވެކްސިން ޖެހުމުގައި އަޅުގަނޑުމެން މިތިބީ ދުނިޔޭގެ އެކި ގައުމުތަކާ އަޅާ ބަލާއިރު ކުރީ ސަފުގަ” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް މިކަމުގައި ކޮށްފައިވާނެ ކަމަށެވެ. އަދި މިހާރުވެސް ބޭނުންވާ ވަރަށް ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި، ވެކްސިންތައް ނުލިބި ލަސްވަމުން ދަނީ ޑެލިވަރީ ކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭކާރު ވާހަކަ ނުދައްކާ…..!