ޢަބްދުއްރަޙީމަށް ކާފަ ދަރިއެއް ލިބިވަޑައިގެންފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެކްޓިން ލީޑަރު ، ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުاللهއަށް ކާފަ ދަރިއެއް ލިބިވަޑައިގެންފިއެވެ.
މިއީ ޢަބްދުއްރަޙީމްގެ ފުރަތަމަ ކާފަ ދަރިފުޅެވެ. ޢަބްދުއްރަޙީމްގެ އަންހެން ދަރިފުޅު ފާތިމަތު ޞަބާހާ ވިހާފައި ވަނީ އަންހެން ކުއްޖެކެވެ. އޭނާ ވިހެއީ މިއަދު ، އޭޑީކޭ ހޮސްޕިޓަލްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމައިންގެ ޙާލު ވެސް ރަނގަޅެވެ.
ޢަބްދުއްރަޙީމަށް ކާފަ ދަރިއަކު ލިބިވަޑައިގެންނެވިއިރު އެމަނިކުފާނުގެ ދެކަނބަލުން ތިއްބެވީ ކޮވިޑަށް ފައްސިވެ ކަރަންޓީނުގައެވެ.






ކޮމެންޓް