Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

“ރައީސް ޞާލިޙް ހޮވަން މަސައްކަތް ކުރެވުނީތީ މާފަށް އެދެން”

“ރައީސް ޞާލިޙް ހޮވަން މަސައްކަތް ކުރެވުނީތީ މާފަށް އެދެން”

އިބްރާހީމް މުޙައްމަދު ޞާލިޙް ، ރައީސްކަމަށް ހޮވަން މަސައްކަތް ކުރެވުނީތީ ހިތާމަ ކުރައްވާ ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

https://twitter.com/lawyer_waddey/status/1397913909722378250?s=21

Advertisement
Allied Insurance — Square (box)

ލޯޔަރު ވައްޑޭ މިފަދައިން ވިދާޅުވެފައި ވަނީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ބޭރު މީހަކު މިއަދު ހަމަޖައްސައިފައި ވަނިކޮށެވެ. އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި ވައްޑޭ ވިދާޅުވީ، ރައީސް ޞާލިހުގެ މައްޗަށް އެހެން ގައުމެއްގެ ރައީސަކު ނުލަންވާނަންތޯ ސުވާލު ކުރައްވައިފައެވެ.

ރައީސް ޞާލިހުގެ ސަރުކާރުން ވަނީ ބައެއް ކުންފުނިތަކަށް ބޭރު މީހުން ހަމަޖައްސައިފައެވެ. އެގޮތުން ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި ގައުމީ ވައިގެ ބަނދަރު ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ އެމްއޭސީއެލްގައި ވެސް އިސްވެރިންގެ ގޮތުގައި ތިއްބަވަނީ ރާއްޖެއިން ބޭރު ބޭފުޅުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް