ހުޅުމާލެ ފެސިލިޓީގައި ގިނައީ ވެކްސިން ނުޖަހާ މީހުން

ހުޅުމާލެ މެޑިކަލް ފެސިލިޓީ އަދި ހުޅުމާލެ ކޮވިޑް ހޮސްޕިޓަލުގައި ވެސް ގިނައީ ވެކްސިން ނުޖަހާ މީހުންކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝާން ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްްކައިފިއެވެ.
އެޗްއީއޯސީން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭ ގެ އެޕިޑިއަމޮލަޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ޖުމުލަ 1896 މީހުން އެނދުމަތި ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 1472 މީހުންނަކީ ކޮވިޑަށް ވެކްސިން ނުޖަހާ ތިބި މީހުން ކަމަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި ޖުމުލަ 85 މީހުން އެނދުމަތި ކުރެވިފައިވާއިރު އޭގެ ތެރެއިން 45 މީހުންނަކީ ކޮވިޑަށް ވެކްސިން ނުޖަހާ ތިބި މީހުން ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ގްރޭޓާ މާލޭ ސަރަހައްދުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި ގަވައިދާ ޚިލާފަށް ބޭރުގައި މީހުން އުޅޭތޯ ބެލުމަށް ފުލުހުންނާ ސިފައިން އަންނަނީ މަގުތަކުގައި ހަރަކާތްތެރި ވަމުންނެވެ.






ކޮމެންޓް