Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވެންޓިލޭޓަރުގައި ފަރުވާދެމުންދާ 7 އަހަރުގެ ކުއްޖާގެ ހާލަތު ސީރިއަސް

ވެންޓިލޭޓަރުގައި ފަރުވާދެމުންދާ 7 އަހަރުގެ ކުއްޖާގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެޕިޑިއަމޮލަޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ކުއްޖާ ކޮވިޑަށް ފައްސިވީ މާލެ އައިތާ 4 ވަނައަށް ވީ ދުވަހުއެވެ. އަދި އެކުއްޖާގެ ހާލަތު ގޯސްވާން ފެށީ ބަލި ޖެހުނުތާ 10 ވަަރަަކަށް ދުވަސް ފަހުންނެވެ. އޭނާގެ ހާލު ދެރަވެ ވެންޓިލޭޓަރަށް ލީ މި މަހު 28 ވަނަ ދުވަހުއެވެ. އެރަށުން "ދެން"އާ ވާހަކަ ދެއްކި މީހަކު ބުނީ އޭނާ އަކީ އެންމެ ކުޑައިރުއްސުރެ ވެސް ކިޑްނީ ބައްޔަށް ފަރުވާ ކުރަމުންދާ ކުއްޖެއް ކަމަށާއި މިފަހަރު ވެސް މި އަންހެން ކުއްޖާ މާލެ އައީ ކިޑްނީ ބައްޔަށް ފަރުވާ ކުރުމަށް ކަމަށެވެ. އަދި އެކުއްޖާ ގޮވައިގެން އޭނާގެ ބައްޕަ ކޮންމެ މަހަކު އެއްފަހަރު މީގެ ކުރިން މާލެ އަންނަ ކަމަށާއި ނަމަވެސް ކޮވިޑާ ހެދި ގަވައިދުން މާލެ ނާދެވޭ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
ރާއްޖޭގައި ގިނަ ކުޑަކުދިންތަކެއް ކޮވިޑް-19އަށް ފައްސިވެފައި ވީ ނަމަވެސް މިއީ މިހާ ހަގު އުމުރެއްގެ ކުއްޖަކު ހާލު ބޮޑުވެ ވެންޓިލޭޓަރަށް ލީ ފުރަތަމަ ފަހަރެވެ. ކިޑްނީގެ ބަލިތައް ފަދަ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް މި ބަލީގެ ނުރައްކާ ބޮޑެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް