Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސަރުކާރުން ނިންމި ގޮތަށް، ދެން ފޮނުވާ ކަރަންޓު ބިލުގައި ޑިސްކައުންޓު ހިމެނޭނެ: ސްޓެލްކޯ

ސަރުކާރުން ނިންމި ގޮތަށް، ދެން ފޮނުވާ ކަރަންޓު ބިލުގައި ޑިސްކައުންޓު ހިމެނޭނެ: ސްޓެލްކޯ

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީއާއި އެކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކުރަމުން ދާތީ ސަރުކާރުން ނިންމާފައިވާ ފަދައިން، ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ) އިން ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ރަށްރަށުގައި މެއި މަހުގެ ޔޫސޭޖަށް ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.

މި ނިންމުން ތަންފީޒު ކުރިކަން ހާމަކުރަމުން ސްޓެލްކޯ އިން މިއަދު ބުނީ އާންމު ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް ދައްކަން ޖެހޭ އަދަދުގެ 40 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި އާންމު ގޭބިސީތަކުން ބޭނުންކުރާ ފެނަށް ދައްކަން ޖެހޭ އަދަދުން 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެއިތުރުން ސްޓެލްކޯ އިން ބުނީ، އާންމު ވިޔަފާރިތަކުން ބޭނުންކުރާ ފެނާއި ކަރަންޓަށް ދައްކަން ޖެހޭ އަދަދުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ބިލުގެ އަދަދުން ޑިސްކައުންޓަށް ކަނޑައިފައިވާ މިންވަރު، ސްޓެލްކޯގެ އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެއެވެ. އަދި އެސްއެމްއެސްގެ ގޮތުގައި ފޯނަށް ބިލު ފޮނުވާއިރު، ބިލު ބަލައިލެވޭ ގޮތަށް ލިންކެއް ހިމަނައިފައިވާ ކަމަށާއި އެ ލިންކުން ވެސް ޑިސްކައުންޓް އަދަދު ފެންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ރާއްޖޭގެ ކޮވިޑް19ގެ ހާލަތު މިވަގުތު ހުރި ގޮތުން ސްޓެލްކޯގެ ބިލިން ކައުންޓަރުތައް މިދުވަސްކޮޅު ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން ބިލު ދައްކާ ފަރާތްތަކުން އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަނާއި ވެބްސައިޓު ބޭނުންކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް